ޚަބަރު

"ފައްސަތޭކަ" ލިޔުނީ އޮޅުމަކުން ނޫން- އެމްއެމްއޭ


500 ރުފިޔާގެ އައު ނޫޓުގައި "ފައްސަތޭކަ" ލިޔެފައި ވަނީ އެނގި ހުރެ، އެގޮތަށް ބޭނުންވާތީ
ކަމަށާއި ރަދީފުގައިވެސް އެހެން ލިޔެފައި ވާކަމަށް އެމް.އެމް.އޭ ގެ ގަވަރނަރ ޑޮކްޓަރ އަޒީމާ ވިދާޅުވެއްޖެއެވެ.



ދަރުބާރުގޭގައި
ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން އައު ނޫޓްގައި ފަސް ސަތޭަކަ ރުފިޔާގައި "އ" ސުކުން އޮތުމާއި
ގުޅޭގޮތުން ފާޑުކުޔަމުންދާތީ، މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވަމުން އަޒީމާ
ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް އެކި ފަރާތްތަކުން އެކި ހިޔާލުތައް ހުށަހަޅާކަމަށެވެ. އެގޮތުން ނޫޓްތައް ތައާރަފްކުރުމުގައި ބެލީ އެންމެ ފަސޭހައިން ދިވެހިންނަށް ބަލައިގަނެވޭނެ
ނޫޓްތަކެއް ތައާރަފް ކުރުމަށް ކަމަށް އަޒީމާ ވިދާޅުވިއެވެ. 



"އެއީ
ކުށެއް ނޫން. އަޅުގަނޑުމެންނަށް އެނގި ހުރެ، އެގޮތަށް އަޅުގަނޑުމެން ބޭނުންވާތީ
ފައްސަތޭކަ އެގޮތަށް ޖަހާފައި އެއޮތީ" އަޒީމާ ވިދާޅުވިއެވެ.

އައު ނޫޓުގައި "ގަވަރުނަރު"
ޖަހާފައި ވާތީ އެކަމާ ގުޅޭ ގޮތުން އަޒީމާ ވިދާޅުވީ ކުރީގެ ބަސްފޮތްތަކުގައި "ގަވަރނަރ" ގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ "ގަވަރުނަރު" ކަމަށާއި ކުރީގެ "ރީތި
ބަހެއް" ދިރުވައި އާލާކުރަން އެންމެ ރަނގަޅު ވަސީލަތަކީ ނޫޓްތަކެއްގައި ކަން
ގަބޫލުކުރެވޭ ކަމަށް އަޒީމާ ވިދާޅުވިއެވެ.





އަޒީމާ ވިދާޅުވީ،
ނޫޓްގައި އޮތް ސުކުނަކަށް ބަހުސް ކުރުމުގެ ބަދަލުގައި ނޫޓް ގައި ހުރި ސަލާމަތީ
ކަންކަން ކުރީގެ ނޫޓްތަކަށްވުރެ، މި ނޫޓްތަކުގައި
ވަރުގަދަކޮށްފައިވާކަމަށާއި އެއީ އެންމެ މުހިއްމު އެއް ކަންތައްކަމަށެވެ.