ވިޔަފާރި

ސަލާމަތީ އިތުރު ފީޗަރސް ތަކާއެކު އައު ނޫޓު ސީރީސް ތަޢާރަފްކޮށްފި


ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ވަގުފައިސާ އުފައްދާ
ފަރާތްތަކަށް ނަކަލުނުކުރެވޭނެހެން ޕޮލިމަރގައި އުފައްދާފައިވާ ދިވެހި ފައިސާގެ އައު ނޫޓް ސީރީޒް އެމްއެމްއޭ އިން ތަޢާރަފްކޮށްފިއެވެ.




" ރަނދިހަފަހެއް " ނޫޓް ސީރީޒް އިފްތިތާޙް ކުރުމަށް
ދަރުބާރުގޭގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމްއެމްއޭގެ
ކުރީގެ ގަވަރނަރ އަދި ފިނޭންސް މިނިސްޓަރ އަބުދުﷲ ޖިހާދުއެވެ.



މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ
ޤަވަރނަރ ޑޮކްޓަރ އަޒީމާ އާދަމް ވިދާޅުވީ، އައު ނޫޓް ސީރީޒް ތަޢާރަފްކުރުމުން
އިޤްތިޞާދުގައި ދައުރުވާ ފައިސާގެ އަދަދަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.




އަޒީމާގެ
ވާހަކަފުޅުގައި ވަނީ އައު ނޫޓްތަކަށް މީހުން ހޭލުންތެރިވާންޖެހޭކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރާއްޖޭގައި ވަރަށް މަތީއަދަދަކަށް ނަގުދުފައިސާ ބޭނުންކުރަމުންދާތީ ދިވެހި
ރުފިޔާގެ ނޫޓާއި މެދު މީހުންގެ ހިތުގައި އޮންނަ ޔަޤީންކަން އިތުރުކޮށް އެނޫޓްގެ
ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް އަޒީމާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.




"ރަން
ދިހަ ފަހެއް"ގެ ނަމުގައި ނެރުނު އާ ނޫޓު ސީރީސްގައި ހިމެނެނީ ޕޮލިމާގައި ތައްޔާރުކޮށްފައިވާ
މުޅިން އައު ހިތްގައިމު ޑިޒައިންތަކެއްގެ މައްޗަށް އެކުލެވޭ -/10 ރުފިޔާ، -/20 ރުފިޔާ، -/50 ރުފިޔާ، -/100 ރުފިޔާ، -/500 ރުފިޔާ އަދި އަލަށް
ތައާރަފްކުރި -/1000 ރުފިޔާގެ ނޫޓެވެ.