ޚަބަރު

އޭއެފްސީ ކަޕްގެ ގުރޫޕް ޑީގެ މެޗްތައް ރާއްޖޭގައި ކުޅެނީ


މިއަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ޑީގެ މެޗްތަށް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމްއިން ކުރި ބިޑް ކާމިޔާބުކޮށްފިއެވެ. ކޮވިޑް19ގެ ސަބަބުން އެއްގައުމުން އަނެއްގައުމްއަށް ދަތުރުފަތުރު ކުރުމުގައި އުދަގޫތަކެއް ހުރުމުން އޭއެފްސީއިންވަނީ ސެންޓްރަލައިޒްކޮށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖް މެޗްތަށް ބާއްވަން ނިންމާފައެވެ. ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ޑީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މޭމަހުގަ. ރާއްޖޭގެ އެންމެ ފަހުގެ ލީގް ޗެންޕިއަނުންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންވަނީ ގުރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުކޮށްފައެވެ. މިގުރޫޕްގައި ދެން ހިމެނެނީ އިންޑިޔާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްއެވެ. މި ގުރޫޕްގެ ފަހު ޖާގަ ޔަގީންވަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ މެޗްތަކަށް ފަހުއެވެ.


އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިއެއްވި ޓްވީޓްއެއްގައިއެއްގައި ވަނީ ރާއްޖޭގެ މާޒިޔާ ހިމެނޭ ގޮތަށް ކުޅެވޭ އޭއެފްސީ ކަޕްގެ ގުރޫޕް ޑީގެ މެޗްތައް ރާއްޖޭގައި ހޯސްޓް ކުރުމަށް ކުރެއްވި ބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވާކަމަށާއި އުއްމީދަކީ ކޮލިފައިން ބުރު ފަހަނައަޅައި ރާއްޖޭގެ ކުލަބް އީގަލްސްވެސް ގުރޫޕް ސްޓޭޖުގައި ވާދަކުރުންކަމަށް ބައްސާމް ވިދާޅުވިއެވެ. ގުރޫޕް ސްޓޭޖުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 14 އިން 20 އަށެވެ.

މިދިޔަ އަހަރުވެސް އޭއެފްސީއިން ސެންޓްރަލައިޒްކޮށް ގުރޫޕް ސްޓޭޖްގެ މެޗްތައް ބާއްވަން މަސައްކަތްކޮށްފައެވެ. އެފަހަރުވެސް ރާއްޖެއިން ގުރޫޕް ޑީގެ މެޗްތައް ހޯސްޓްކުރުމަށް ކުރި ބިޑް ކާމިޔާބުކުރިއެވެ. ނަމަވެސް ކޯވިޑް19ގެ ސަބަބުން ހުރިހާ ގުރޫޕްއެއްގެ މެޗްތައް ކުރިއަށް ނުގެންދެވިގެން ފަހުން އޭއެފްސީއިންވަނީ މުބާރާތް ކެންސަލްކޮށްފައެވެ.