ދުނިޔެ

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ކޯވިޑަށް ވެކްސިން ޖައްސަވައިފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ. ބޮޑުވަޒީރު މޯދީ ވެކްސިން ޖައްސަވާފައިވަނީ ނިއު ދިއްލީގައި ހުންނަ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް، އެއިމްސް ހޮސްޕިޓަލުގައެވެ. މޯދީ ޖައްސަވާފައިވަނީ ބަރަތު ބަޔޯޓެކްގެ ކޯވެކްސިންއެވެ.

ވެކްސިން ޖެއްސެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ބޮޑުވަޒީރު މޯދީވަނީ ވެކްސިން ޖެހުމަށް ޝަރުތު ފުރިހަމަވާ ހުރިހާ އެންމެންވެސް ވެކްސިން ޖެހުމަށް ގޮވައިލައްވާފައެވެ. އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ އިންޑިޔާއިން ކޯވިޑް ފުހެލެވޭނެކަމަށް މޯދީގެ ޓްވީޓުގައި ވިދާޅުވިއެވެ.

އެމެރިކާއަށް ފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. އިންޑިޔާގައި މިހާތަނަށް 11.12 މިލިއަން މީހުންނަށް ބަލިޖެހި 157،257 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ.

މިދިޔަ ޖަނަވަރީ މަހުގެ މެދުތެރެއިން ފެށިގެން އިންޑިޔާގައި ކޯވިޑް ވެކްސިން ދިނުމުގެ މަޝްރޫޢު ކުރިއަށްދާއިރު އެ ޤައުމުގައި މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިންނާއި ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށްވަނީ ކޯވިޑް ވެކްސިން ދީފައެވެ. އެ ޤައުމުން މިހާރުވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ޞިއްޙީ އެކިކަހަލަ މައްސަލަތައް ހުރި އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ހުޅުވާލައިފައެވެ.

އިންޑިޔާގެ ސީރަމް އިސްޓިޓިއުޓުން ތައްޔާރުކުރާ އެސްޓްރަޒެނެކާގެ ކޯވިޝީލްޑް ވެކްސިނާއި ބަރަތު ބަޔޯޓެކުން އުފައްދާފައިވާ ކޯވެކްސިނާއި ދެ ވެކްސިން އެ ޤައުމުގެ ވެކްސިން މަޝްރޫޢުގައި ދަނީ ބޭނުންކުރަމުންނެވެ. ދެ ވެކްސިންގެ ތެރެއިން ވެކްސިނެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު އިންޑިޔާއިން މީގެ ކުރިން ދީފައި ނުވީ ނަމަވެސް، އެމީހަކު ޖަހަން ބޭނުންވާ ވެކްސިނެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ސަރުކާރުން މިހާރުވަނީ ދީފައެވެ.