ޚަބަރު

ރައީސް ޔާމިން، ރަޝީޔާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް


މިޞްރުގެ
ސަރަޙައްދެއް ކަމަށްވާ ސައިނާއީއަށް ރަޝިޔާގެ މަތިންދާ ބޯޓެއް ވެއްޓުމުގެ ސަބަބުން
އެތައް ބަޔަކު މަރުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިނަށް ހަމްދަރުދީގެ މެސެޖެއް
ފޮނުއްވައިފިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ
މެސެޖުގައި، މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ރަޝިޔާގެ
ރައީސަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި، ހިތާމައިގެ މި ދަނޑިވަޅުގައި،
ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި،
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިނަށާއި، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް
އިޚްލާޞްތެރި ހަމްދަރުދީ ފޮނުއްވާފައިވެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ
މެސެޖުގައި، މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދު
ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.