ވިޔަފާރި

ދިރާގަށް ސާފު ފައިދާގެ ގޮތުގައި 194 މިލިއަން ރުފިޔާ ލިބިއްޖެ.


 މިއަހަރުގެ ތިންވަނަ
ކުއަރޓަރގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 194 މިލިއަން ރުފިޔާ ލިބިއްޖެއެވެ.



މިއީ، މިއަހަރުގެ ދެވަނަ ކުއަރޓަރގައި އެ
ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 181 މިލިއަން ރުފިޔާ އާއި އަޅާ ބަލާ
އިރު  %7 އިތުރު އަދަދެކެވެ.



ދިރާގުން
އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއަރޓަރގެ މާލީ ހިސާބްތައް ދައްކާގޮތުން އެ
ކުރޓަރގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 549 މިލިއަން ރުފިޔާ ވަނީ
ލިބިފައި، މިއީ މިއަހަރުގެ ދެވަނަ ކުއަރޓަގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި
ލިބުނު 539 މިލިއަން ރުފިޔާއާއި އަޅާ ބަލާ އިރު %2 އިންސައްތަ އިތުރު އަދަދެއްކަމަށެވެ.
ދިރާގަށް ލިބުނު އާމްދަނީގެ އަދަދު އިތުރުވެފައި މިވަނީ އެ ކުއަރޓަރގައި މޯބައިލް
އަދި ރޯމިންގް އިން ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެންނެވެ.



ދިރާގުގެ
މާލީ ހިސާބްތައް ދައްކާގޮތުން ތިންވަނަ ކުއަރޓާގައި ލިބުނު ފައިދާއާއި އެކު އެ
ކުންފުނީގެ ހިއްސާއަކަށް ޖެހެނީ 2 ރުފިޔާ 55 ލާރިއެވެ.