ޖުމުލަ 15 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތަށް ކުރިއަށްގެންދިއުމަށް 5 ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ހުރިހައި މަޝްރޫޢުތަކަކީވެސް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. މަޝްރޫޢުތަކުގެ ޖުމްލަ އަގު 407މިލިއަން ރުފިޔާއަށް އަރައެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް އެއްބަސްވެފައިވާ ރަށްތައް
- އއ.ބޮޑުފުޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށް 26.8 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 780 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ގދ.ރަތަފަންދޫ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށް 33.6 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 780 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ތ.އޮމަދޫ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށް 32.4 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 780 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ދ.ރިނބިރޫ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށް 34.6 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 600 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ގއ ކޮނޑޭ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށް 35.9 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 780 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
ފެނުގެ ނިޒާމު ޤާއިމުކުރުމަށް އެއްބަސްވެފައިވާ ރަށްތައް
- ދ.މާއެނބޫދޫ ފެނުގެ ނިޒާމު ޤާއިމުކުރުމަށް 16.6 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 600 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ހއ.އުތީމު ފެނުގެ ނިޒާމު ޤާއިމުކުރުމަށް 22 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 600 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ފ.ފީއަލި ފެނުގެ ނިޒާމު ޤާއިމުކުރުމަށް 5.4 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 570 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ރ.ރަސްމާދޫ ފެނުގެ ނިޒާމު ޤާއިމުކުރުމަށް 24.9 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 570 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ތ.ބުރުނީ ފެނުގެ ނިޒާމު ޤާއިމުކުރުމަށް 26.7 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 570 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ތ.ވޭމަންޑޫ ފެނުގެ ނިޒާމު ޤާއިމުކުރުމަށް 36.7 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 600 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ރ.މާކުރަތު ފެނުގެ ނިޒާމު ޤާއިމުކުރުމަށް 31.4 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 600 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ދ.ހުޅުދެލި ފެނުގެ ނިޒާމު ޤާއިމުކުރުމަށް 20.3 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 600 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
- ލ.ދަނބިދޫ ފެނުގެ ނިޒާމު ޤާއިމުކުރުމަށް 26.5 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 600 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
އަދި ހދ.ނައިވާދޫ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް 12.8 މިލިއަން ރުފިޔާ ހޭދަވެއެވެ. މިމަޝްރޫޢު 720 ދުވަސްތެރޭގައި ނިންމަން ޖެހެއެވެ.
މީގެތެރެއިން އއ.ބޮޑުފޮޅުދޫ، ގދ.ރަތަފަންދޫ، ތ.އޮމަދޫ، ދ.މާއެނބޫދޫ، ހއ.އުތީމު، ހދ.ނައިވާދޫ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ފ.ފީއަލި، ރ.ރަސްމާދޫ، ތ.ބުރުނީގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ މައިކްރޯ ޕްރައިވެޓް ލިމިޓެޑާއެވެ.
ދ.ރިނބިދުއާ ތ.ވޭމަންޑޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ގއ.ކޮނޑޭއާއި ރ.މާކުރަތުގެ މަސައްކަތް ކުރިއަށްގެންދާނީ މާކްޓެކްމޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ދ.ހުޅުދެއްޔާ ލ.ދަނބިދޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ޕްލޭނިންގ މިނިސްޓްރީއިން ކުންފުނިތަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ސަރވޭކުރުމާ އީއައިއޭ ހެދުމާ، ނިޒާމު ފަރުމާކުރުމާ އަދި ޢަމަލީގޮތުން ސައިޓްގައި ކުރިއަށްގެންދާ މަސައްކަތްތަކާ، ގޭގެއަށް ވިއުގަ ގުޅައިދިނުން ހިމެނެއެވެ.
މި 15 މަޝްރޫޢުގެ އަގު 407،145،030.01 (ހަތަރު ސަތޭކަ ހަތް މިލިއަން، ސަތޭހަ ސާޅީސް ފަސް ހާސް، ތިރީސް ރުފިޔާ އެއް ލާރި)އަށް އަރައެވެ. މި ހުރިހާ މަޝްރޫޢުއަކަށްވެސް ޚާރަދުކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުންނެވެ.