ޚަބަރު

ބަނގުރާ ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފި


ބަނގުރާ ގެންގުޅޭކަމަށް ކަމަށް ޝައްކު ކުރެވިގެން ދެ މީހަކު މާލޭ މަގުމަތިން މިރޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިރޭ 19:30 ހާއިރު އަޝްރަފީ ބުކްޝޮޕް ކައިރިން ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި އެ ދެމީހުން ހުއްޓުވުމުން އެމީހުން ގެންގުޅުނު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި މަގުމައްޗަށް ތަޅާލާފައި ވާކަމަށްވެސް ފުލުހުން ވިދާޅުވއެވެ. މީގެ އިތުރުން ފުލުހުން ވިދަޅުވީ އެ ދެމީހުން ހުއްޓުވާފައިވަނީ ވަންވޭއާ އިދިކޮޅަށް ދުއްވާފައި ދަނިކޮށް ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.