ޚަބަރު

ބ.ގޮއިދޫގައި ފެނާއި ނަރުދަމާ ހޮޅި ވަޅުލުމުގެ އަމަލީ މަސައްކަތް ފަށައިފި


ބ.ގޮއިދޫގައި ފެނާއި ނަރުދަމާ ހޮޅިވަޅުލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ގޮއިދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މިމަޝްރޫޢުގެ ދަށުން އެރަށުގައި 15.9 ކިލޯމީޓަރުގެ ފެނުގެ ވިއުގައާއި 8.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބަހައްޓާ ޢިމާރާތުގެ މަސައްކަތް ގޮއިދޫގައި މިހާރުވަނީ ނިމިފައެވެ. މި މަޝްރޫޢުއާއެކު އެރަށުގައި ބޯފެން ރައްކާކުރާ ނިޒާމެއްވެސް ޤާއިމުކުރާނެ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މިމަޝްރޫއުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވަނީ 46 މިލިއަން ރުފިޔާއަށެވެ. ގޮއިދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 2019ވަނަ އަހަރުއެވެ.

މިމަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށާއި، އަމާޒަކީ މިއަހަރުގެ މެދެއްހާ ހިސާބުގައި ހޮޅިވަޅުލުމުގެ މަސައްކަތް ނިންމާލުން ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރއާއި ހަވާލާދީ ގޮއިދޫ ކައުންސިލުން ވިދާޅުވިއެވެ. އަދި މިކަމުގައި ކައުސިލާއި ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ގޮއިދޫ ކައުންސިލުން ވިދާޅުވެއެވެ.

އާބާދީގައި އައްސަތޭކައެއްހާ މީހުން ދިރިއުޅޭ ގޮއިދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ކޯވިޑް 19 އާ ގުޅިގެންނާއި ފެނާއި ނަރުދަމާގެ ޤާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން މަސައްކަތުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަން ޖެހުމުން ކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވިއެވެ.

ޙާލަތު

ޝުކުރިއްޔާ ރައީސް އިބޫ އަދި އެމް.ޑީ.ޕީ ހިނގަމުންދާ ޕްރޮޖެކްތަކަށް ބަލާއިރު މިސަރުކާރުގެ 5 އަހަރު މުއްދަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅާ ނިންމާނެ ކަމާއިމެދު އެއްވެސް ޝައްކެއްނެތް.