ކުޅިވަރު

އާ ގައިލްޑްލައިންތަކާއެކު ފަރިތަކުރުންތައް ފެށުމުގެ އުއްމީދު


ދިވެހި ޕްރިމިއަރ ލީގުގެ ޓީމްތަކުގެ ފަރިތަކުރުންތައް އާ ގައިޑްލައިނާއެކު ވަރަށް އަވަހަށް ފެށުމުގެ ހުއްދަ ލިބޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މާލޭގައި ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން މިމަހުގެ 02ވަނަ ދުވަހު އެޗްޕީއޭއިންވަނީ އެކަނި ކުރެވޭ ކަސްތަރު ނޫން އެހެން ހުރިހާ ކުޅިވަރެއް ކުޅުން މާނާކޮށްފައެވެ. އަދި ޓީމުތަކުން ފަރިތަކުރުންތައްވެސް ކުރިއަށް ގެންދިއުންވަނީ މަނާކޮށްފައެވެ. ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދިވެހި ޕްރިމިއަރ ލީގް މެދުކަޑާލަން ޖެހުމުގެ އިތުރުން ޓީމުތަކަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭތީވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެޗްޕީއޭގެ އިސް ބޭފުޅުންނާއިއެކު ބޭއްވުނު މަޝްވަރާތަކަށްފަހު ފުޓްބޯޅަ އަލުން ފަށަން ކުރާމަސައްކަތްތައް ވަރަށް އުއްމީދީ ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ. އަދި އާ ގައިޑްލައިނާކާއެކު ޓީމުތަކުގެ ފަރިތަކުރުންތައް ވަރަށް އަވަހަށް ފެށޭނެކަމަށް އުއްމީދު ކުރާކަމަށެވެ.

ލީގު ހުއްޓާލާފައިވާއިރު، ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމި، ދެވަނަ ބުރުގެ 6 މެޗެއްވަނީ ކުޅެފައެވެ. އެޗްޕީއޭއެއިން އަޅާފައިވާ ފިޔަވަޅުތަކާއެކު ޓީމުތަކަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭތީ، ޓީމުތަކުންވަނީ ކަނބޮޑުވުން ފާޅުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި ރައީސްވަނީ ކުލަބްތަކުގެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ލީގު އަލުން ފެށުމުގެ ގޮތުން ފުރަތަމަ ޑިވިޝަންގެ ކުލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައެވެ.