ޚަބަރު

ހާމިދުގެ ނަމާއި އެކު 4 ނަމެއް ފުލުހުންގެ ބޯޑަށް


ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރުކަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނާ ގޮތުން 7 މެމްބަރުން ތިބެންޖެހޭ ފުލުހުންގެ ބޯޑުން 2 މެމްބަރުން ވާން ޖެހޭނީ އާއްމުންގެ ތެރެއިން ހޮވާ ދެމީހަކަށެވެ.

އާއްމުންގެ ފަރާތުން ބޯޑަށް ކުރިމަތިލީ ފަރާތްތައް

1- ލަބީގު މުޙައްމަދު މާހިރު/ މ.މަނަދޫ ވިއު
2- ޒުބައިރު އަޙްމަދު މަނިކު/ ގ.މަލްވިނަ
3- ޒީނަތު ޢަލީ/ ދަފްތަރު 2616
4- ޢަލީ މުޙައްމަދު މަނިކު/ ދަފްތަރު 1851
5- ޙާމިދު ޢަބްދުލް ޣަފޫރު/ ހ.ޝޭޑީ ކޯނަރ

ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރަނީ ޤާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުންނެވެ. މި ބޯޑުގެ އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުވެސް ހިމެނެއެވެ.

"ޕޮލިސް ބޯޑު"ގެ ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.