ކުޅިވަރު

ެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރާމެޗް ރެއާލްގެ ދަނޑުގައި މިހާރު ކުޅެވޭގޮތަށ


އޭދަފުށީ ކައުންސިލްގެ ފުރަތަމަ ފުޓްބޯޅަ މުބާރާތް "އޭދަފުށީ ކަޕް" އަންނަ މަހު 5ގައި ފަށާގޮތަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ. ފިރިހެނުންނާ އަންހެނުނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގަ ފިރިހެން 5 ޓީމަކާ، އަންހެން 4 ޓީމު ބައިވެރިވެއެވެ.

ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާގޮތަށް ކުޅޭ މި މުބާރާތް ރާވާ ހިންގާނީ އޭދަފުށީ ކައުންސިލުން އެރަށުގެ ކުޅިވަރު ކުރިއެރުވުމަށް ހަދާފައިވާ ޖަމްއިއްޔާއެއްކަމަށްވާ ކްލަބް އޭދަފުށިންނެވެ. މި މުބާރާތުގެ ފިރިހެންބައިގެ މެޗުތައް ކުޅޭނީ އޭދަފުށީ ޓާފް ދަނޑުގައެވެ. އަންހެނުން ބައިގެ މެޗްތައް ކުޅޭނީ އެރަށު ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތަކީ އޭދަފުށީ ދެ ޖިންސުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އޭދަފުށީގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި އެއްބައިވަންތަކަން އަށަގަނުވައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެއްކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މީ އެރަށު ކައުންސިލުން ފުޓްބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.