ސިޔާސީ

ހާމިދު އިސްމާއީލާއެކު ހައްޔަރު ކުރި 4 ދިވެހިން ދޫކޮށްލައިފި


ރީޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް މެލޭޝިޔާއިން މިދިޔަ ބުދަ ދުވަހު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއީލް މިއަދު ޑީޕޯޓުކޮށްލާފައިވީ ނަމަވެސް އޭނާއާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިތުރު ހަތަރު ދިވެހިން ޑީޕޯޓް ނުކުރާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.ފުލުހުން ބުނާގޮތުގައި، އަމުރު ނެރެފައިވާނީ ހަމައެކަނި ހާމިދު ހައްޔަރު ކުރުމަށްކަމަށެވެ. އެހެންނަމަވެސް، މެލޭޝިއާގެ ފުލުހުން ހާމިދު ހައްޔަރު ކުރިއިރު އޭނާއާއެކު އެވަގުތު ތިބި ދިވެހި ދެ އަންހެނަކާއި، ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަމަށް މެލޭޝިއާގެ ފުލުހުންނާ ހަވާލާދީ ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ޚަބަރު ދީފައިވެއެވެ.ފޮރިން މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ހާމިދު އިސްމާއީލާއެކު މެލޭޝިއާ ފުލުހުން ހައްޔަރުކުރި ހަތަރު ދިވެހީން ވެސް މިއަދު ދޫކޮށްލާފަކަމަށެވެ. އަދި އެ 4 މީހުން ޑިޕޯޓްކޮށްލާފައި ނުވާކަމަށް ޓްވީޓްގައި ބަޔާންކޮށްފައިވެއެވެ. ހާމިދު އިސްމާއީލް މިރޭގެ ވަގުތެއްގައި މާލެގެނެވޭނެކަމަށް މަޢުލޫމާތުލިބެއެވެ.މީގެކުރިން ފުލުހުން ވަނީ ހާމިދު އިސްމާއިލް ދިރިއުޅުއްވާ ގެ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަލާފާސް ކުރުމަށްފަހު އެގެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.