ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ފުވައްމުލަކާއި އައްޑުއަށް ވައިޓް އެލަރޓް


މޫސުން ގޯސްވާނެކަމަށް ލަފާކޮށް ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް އަށް ވައިޓް އެލަރޓް ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މި ސަރަޙައްދުތަކަށް އެލަރޓް ނެރެފައިވަނީ މިރޭގެ 20:30އިން ފެށިގެން، 00:30އާ ހަމައަށެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށްވަނީ ލަފާކޮށްފައެވެ.

އެހެންކަމުން މިވަގުތުތަކުގައި މޫސުމަށް ސަމާލްވުމަށް މެޓް އޮފީހުންވަނީ އެދިފައެވެ.
ދެކުނަށް މުސުން ގޯސްވާނެކަމަށް ލަފާކުރިނަމަވެސް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ މޫސުން ރަނގަޅެވެ. ވައިޖެހޭނީ އެވަރެޖްކޮށް 5މޭލާ 18މޭލާ ދެމެދުގެ ބާރުމިނުގައެވެ.

މެދުރާއްޖޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް މަޑުވާނެއެވެ.