ޚަބަރު

ނޭޕާލްގެ އާ ރައީސާއަށް، ރައީސް ޔާމިން ތަހުނިޔާ ވިދާޅުވެއްޖެ


ނޭޕާލްގެ
ރައީސާކަމަށް އަލަށް ‏‏އިންތިޚާބުވެވަޑައިގެންނެވި ބިދްޔާ ދޭވީ
ބަންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏ތަހުނިޔާ ވިދާޅުވެއްޖެއެވެ‏‎.‎ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި
ސަރުކާރާއި، ރައްޔިތުންނާއި، ‏‏‏އެމަނިކުފާނުގެ އަމިއްލަ
ނަންފުޅުގައި، ބިދްޔާ ދޭވީ ބަންދާރީއަށް ‏ތަހުނިޔާ
ވިދާޅުވެފައިވެއެވެ.‏



އަދި ބިދްޔާ
ދޭވީ ބަންދާރީގެ ‏ޒަޢާމަތުގައި، ނޭޕާލަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަޤީން ކުރައްވާ ‏‏ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ‏‎.‎‏



މީގެ އިތުރުން،
ދިވެހިރާއްޖެއާއި ނޭޕާލާ ‏ދެ ޤައުމުގެ ދެމެދުގައި ‏‏އޮތް ރަޙުމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް
އުއްމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.