ޚަބަރު

ޑރ.ހާލާ ހަމީދު އެމްބެސެޑަރ އެޓް ލާރޖްގެ މަޤާމަށް


ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ޑރ ހާލާ ހަމީދު، އެމިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖްގެ މަޤާމަށް ބަދަލުކުރައްވައިފިއެވެ. ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި ހުންނެވި، ޑރ ހާލާ އެމްބެސެޑަރ އެޓް ލާރޖްގެ މަޤާމަށް ބަދަލުކުރެއްވީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވިއެވެ. އަދި މިއީ އިދާރީ ގޮތުން ގެނެވުނު ބަދަލެއްކަމަށްވެސް މުއާޒް ވިދާޅުވިއެވެ.ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް މިދިޔަ މަހު އައްޔަންކުރެއްވުމުގެ ކުރިން އެކަމަނާއަކީ ލޯ އެންޑް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.އޭގެ ކުރިން އެކަމަނާ ހުންނެވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުގައެވެ.