ޚަބަރު

ލަންކާއިން އޮޔާ ދިޔަ ޑިންގީއެއްގައި އިން މީހަކު ރާއްޖެއިން


ހާލުގައި ޖެހި އޮޔާ ދިޔަ ޑިންގީއެއްގައި އިން ބިދޭސީއަކު ރާއްޖޭގެ ސަރަހައްދުން ފެނިއްޖެއެވެ. މި މީހާ އިން ޑިންގީ ފެނިފަައިވަނީ ވ. އަންބަރާ ކައިންރިން ދަތުރުކުރަމުންދިޔަ މޯލްޑިވިއާނާ ކިޔާ ސަފާރީއަކަށްކަމަށް އެމްޢެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކޯސްޓްގާރޑްގެ ބެލުމުގެ ދަށުން މި ޑިންގީއާއި މި މީހާ ވ ފެލިދޫއަށް މިހާރު ގެންގޮސްފައިވާކަމަށެވެ. އަދި އެމީހާގެ އަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު އެއީ ލަންކާ މީހެއްކަމަށް ބެލެވޭކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.