ޚަބަރު

އަދީބުގެ ތަހުގީގު މަރުހަލާ ދަނީ ޤާނޫނާއި އެއްގޮތަށް- އަނިލް


ނައިބު ރައީސް އަހުމަދު އަދީބުގެ ތަހްގީގް މަރުހަލާ ކުރިއަށްދަނީ ގާނޫނާއި އެއްގޮތަށް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ. ރޭގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދަޅުވީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން ނައިބު ރައީސް ބަންދުކޮށްގެން މިހާރު ކުރިއަށްގެންދާ ތަހުގީގު މަރުހަލާތަކުގެ ތެރެއިން މިހާތަނަށް ކޮށްފައިވާ ހުރިހާ ކަމެއްވެސް ކޮށްފައިހުރީ ގާނޫނާއި އެއްގޮތަށް ކަމަށާއި، ނައިބު ރައީސްގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ ކޮށްފައިވާއިރު، ބަންދުގައި ބަހައްޓައިގެން ކޯޓް އަމުރުވެސް ޖެހިދާނެ ކަމަށެވެ.  ބަންޑާރަ ނައިބު ވިދާޅުވީ މައްސަލައިގެ ތަހުގީގުގައި ފުލުހުންނާއި އެކު ސިފައިން ބައިވެރިވުމަކީ ގާނޫނާ ފުށުއަރާ ކަމެއް ނޫން ކަމަށާއި، މިފަދަ ހާލަތްތަކުގައި ފުލުހުން އެހީއަށް އެދިއްޖެނަމަ ސިފައިންނަށް ތަހުގީގަށް އެއްބާރުލުން ދެވޭނެ ކަމަށެވެ.