ޚަބަރު

ފޭކު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި


ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތްކޮށްފައިވަނީ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށެވެ. އަދި އޭނާ ރާއްޖެ އެތެރެވިޔަ ނުދީ ހުއްޓުވާފައިވާކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ފޭކު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 36 އަހަރުގެ މީހެއް ހިފަހައްޓާފައިވާއިރު، ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު މިދިޔަމަހުގެ 26 ވަނަ ދުވަހުވެސް އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. އެފަހަރު ހިފަހައްޓާފައިވަނީ އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މަކަރާއި ހީލަތުން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރި 26 މީހަކު ވަނީ ހިފަހައްޓާފައެވެ. އަދި އެކި ސަބަބުތަކާ ހުރެ 611 މީހެއް އަނބުރާ ފޮނުވާލާފައިވެއެވެ.