ވިޔަފާރި

ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭ "އަމިއްލަ ޕޯސްޓްޕެއިޑް" ދިރާގުން ތަޢާރަފްކޮށްފި


ދިރާގުން "އަމިއްލަ ޕޯސްޓްޕެއިޑް"ގެ ނަމުގައި މުޅިން އާ މޮބައިލް ޕޯސްޓްޕެއިޑް ޕްލޭނެއް ތައާރަފުކޮށްފިއެވެ.

ދިރާގު އަމިއްލަ ޕޯސްޓެޕެއިޑް ޕްލޭން ތައާރަފްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ވާރޗުއަލްކޮށް ބޭއްވި އިވެންޓެއްގައެވެ.

ދިރާގުން އަލަށް ތަޢާރަގްކުރި "އަމިއްލަ ޕޯސްޓްޕެއިޑް" ޕްލޭންގައި ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށް ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ، ވޮއިސް ބޭނުންވާ ގޮތަކަށް ހަމަޖައްސާލެވޭނެއެވެ. އަދި މީގެއިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕެކްސް"އިން އެ ކަސްޓަމަރެއް ފޯނު ބޭނުންކުރާ ނިސްބަތަށް ބިނާކޮށް، މި ވެލިއު ޕެކްސްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

ވެލިއު ޕްކެސްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިންގ އެޑްއޮންސް ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކް ހިމެނޭނެއެވެ.

ދިރާގު ޕޯސްޓްޕެއިޑް ޚިދުމަތަށް ބަދަލުތައް ގެނެސްފައިވަނީ ހޯމް ފައިބަރ ބްރޯޑްބޭންޑް، ބިޒް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައިއެވެ. ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއްކަމަށް އެ ކުންފުނިން ބުނެއެވެ.