ވިޔަފާރި

ބޮޑެތި އިނާމްތަކަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި


ބޮޑެތި އިނާމްތަކަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފިއެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު ކުރިއަށްދާނީ 11 ފެބްރުއަރީއިން ފެށިގެން 22 އެޕްރީލްގެ ނިޔަލަށެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ރަމަޟާން ބާޒާރުގައިވެސް އެކި އައިޓަމްތަކުން ބޮޑެތި ޑިސްކައުންޓަކެއް ލިބޭނެކަމަށެވެ. އަދި އެކި އައިޓަމްތަކުން ލިބޭ ޑިސްކައުންޓްތައް ތަފާތުވާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ރަމަޟާން ބާޒާރުގައި މިއަހަރު ހޮވޭ ނަސީބުވެރިންނަށްވެސް ބޮޑެތި އިނާމްތަކެއް ވަނީ ކަނޑައަޅާފައެވެ. މިއަހަރު ލިބޭ އިނާމްތަކުގެ ތެރޭގައި ހިމެނެނީ:
1 ވަނަ އިނާމް: ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި، ހިޓާޗީ ފްރިޖަކާއި، ޓެކްނޯ ދޮންނަމެޝިނަކާއި، ފިލިޕްސް ސައުންޑްބާއަކާއި، ސެންފޯޑް އަވަނެއް ދިނުމަށް ވަނީ ނިންމާފައެވެ.
2 ވަނަ އިނާމު: ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި، ހިޓާޗީ ފްރިޖަކާއި، ހިޓާޗީ ވެކިއުމް ކްލީނަރ، އަދި ކުކަރެކެވެ.
3 ވަނަ އިނާމް: އޭއޯސީ 43 އިންޗީގެ ސްމާޓް ޓީވީއެއް، ހިޓާޗީ ދޮންނަމެޝިން، އަދި ހިޓާޗީ މެކިއުމް ކްލީނަރރެކެވެ. މީގެއިތުރުން އިތުރު ގިނަ ސްޕްރައިޒް އިނާމްތައްވެސް ރަމަޟާން ބާޒާރުގެ ތެރެއިން ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، ކުރިން އީ ސްޓޯރ މެދުވެރިކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްއިން ގަންނަ ބައެއް ތަކެތި ޑެލިވަރ ނުކޮށްދޭކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން އީސްޓޯރ މެދުވެރިކޮށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ގަންނަ ހުރިހާ އެއްޗެއް ޑެލިވަރކޮށްދޭނެކަމަށެވެ. ކޮންމެ އަހަރަކުވެސް އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ރަމަޟަން ބާޒާރު ކުރިއަށްގެންދަމުންނެވެ. އަދި މި ބާޒާރަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެސްޓީއޯއިން ބުނެއެވެ.