ކުޅިވަރު

ބްރޫކްލިން ނެޓްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 104 ޕޮއިންޓް 94 ޕޮއިންޓުންނެވެ.

މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދައިދީ 8 އެސިސްޓް ކުރި ކައިރީ އަރވިންއެވެ. އަދި ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 18 ޕޮއިންޓް ހޯދައިދިން ޑޮމަންޓާސް ސަބޮނިސްއެވެ.

މި މުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް އެޓީމަށް ހޯދައިދިން ކައުހީ ލިއޮނާޑްއެވެ. އަދި ލޮއު ވިލިއަމްސް ވަނީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީފައެވެ. ޓިމްބަރވުލްވްސްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދިން ނާޒް ރީޑްއެވެ. މީގެ އިތުރުން މަލިކް ބީޒްލީވަނީ އެޓީމަށް 21 ޕޮއިންޓް ހޯދައިދީފައެވެ.
މީގެއިތުރުން ޑެންވަރ ނަގެޓްސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 133 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. އަދި ޝިކާގޯ ބުލްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ.