ވިޔަފާރި

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއިން ވިސާ ކާޑު ތަޢާރަފްކޮށްފި


ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ސީބީއެމްއިން ވިސާ ކާޑު ތަޢާރަފްކޮށްފިއެވެ.

ސީބީއެމްއިން ވިދާޅުވީ އެ ބޭންކުން ކަސްޓަމަރުންނަށް ދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއިއެކު މިހާރު އެ ބޭންކުގެ ކަސްޓަމަރުންނަށް ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ދޫކުރަން ފަށާފައިވާ ކަމަށެވެ. މިއާއެކު އެބޭންކުގެ ކަސްޓަމަރުންނަށް ރާއްޖޭގެ އެހެން ބޭންކުތަކުގެ އޭޓީމް އަދި ޕީއޯއެސް މެޝިންތަކުގައި ބޭނުންކުރެވޭނެ ކަމަށާއި ރާއްޖެއިން ބޭރުގައިވެސް މި ކާޑު ބޭނުންކުރެވޭނެ ކަމަށް ސީބީއެމްއިން ބުނެއެވެ.

ސީބީއެމްއިން ބުނީ މި ދުވަސްވަރު ވިސާ ކާޑު ތައާރަފްކުރި އިރު ރުފިޔާ ޑޮމިނޭޓެޑް ކާޑާއި ޑޮލަރު ޑޮމިނޭޓް ކާޑު ތައާރަފްކޮށްފައިވާ ކަމަށެވެ.

ސީބީއެމްއިން ވަނީ ހަތަރު ބާވަތެއްގެ ވިސާ ކާޑު ތަޢާރަފްކޮށްފައެވެ. އެއީ ވިސާ ޑެބިޓް، ވިސާ ކްލެސިކް، ވިސާ ގޯލްޑް އަދި ވިސާ ޕްލެޓިނަމްއެވެ.

ސަތޭކަ ފަންސާސް މިލިއަން ރުފިޔާގެ ރައުސްމާލަކާ އެކު، ރާއްޖޭގެ ފުރަތަމަ ހުޅުވި އަމިއްލަ ބޭންކު ކަމަށް ވާ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ހުޅުވާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެތެރޭއެވެ. މި ބޭންކަކީ ޗަމްޕާ ބްރަދާރސްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓާއި ސްރީ ލަންކާގެ ކޮމާޝަލް ބޭންކު ގުޅިގެން ހުޅުވި ބޭންކެކެވެ.

ބޭންކިންގެ ހުރިހާ ހިދުމަތްތަކާއި އޭޓީއެމް އާއި ޑިޕޮޒިޓް މެޝިނެއްގެ ހިދުމަތާއެކު ހުޅުވި ކޮމާޝަލް ބޭންކްގެ މާލޭ ބްރާންޗް ހުންނަނީ އަމީރު އަހުމަދު މަގުގައެވެ. މި ބޭންކުން ހައުސިން ލޯނާއި ވިޔަފާރިތަކަށްވެސް އަންނަނީ ލޯނު ދޫކުރަމުންނެވެ.