ވިޔަފާރި

ކުންފުންޏާއި ބެހޭ ޤާނޫނަށް ގިނަ އިސްލާޙްތަކެއް


ކުންފުންޏާ ބެހޭ ގާނޫނަށް
ވަރަށް އަވަހަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ .



ރެއިންބޯ އެންޓަޕްރައިސަސް
އަށް 25 އަހަރު ފުރުމުގެ ރިހިޔޫބީލް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި
ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ކުންފުންޏާއި ބެހޭ ޤާނޫނަށް
ހުށަހެޅިފައިވާ އިސްލާޙު ތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި އިންކޯޕަރޭޓް ކުރާ ކުންފުނިތަކުގެ
ސެކްރެޓަރީން ތިން ކުންފުންޏަށްވުރެ ގިނަ ކުންފުންޏަށް ޚިދުމަތްކުރާނަމަ ބިޒްނަސް ޑިގްރީއެއް އޮތުން އެ ގާނޫނުގެ ދަށުން ލާޒިމްކުރާނެ ކަމަށެވެ. 

މީގެ
އިތުރުން ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކަށް ހުންނަ މީހަކު އެންމެ ކުޑަމިނުން ސީއެމްޑީއޭގެ
ވިޔަފާރިއާ ގުޅޭގޮތުން ދެވޭ ތަމްރީނެއް ހާސިލްކޮށްފައި ހުރި މީހަކަށް ވާންޖެހޭނެ ކަމަށާއި
ސެކްރެޓަރީންނަކީ ދިވެހިންނަށް ވާންޖެހޭނެ ކަމަށް ވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ

" މި ގެނެވޭ ބަދަލުގެ ސަބަބުން ގާތްގަޑަކަށް 800 އާއި 1000 ދެމެދު ދިވެހިންނަށް ވަޒީފާ ލިބިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ
، މި ސަރުކާރުގެ ރޫޙަކީ ވިޔަފާރިއަށް ފަހިކޮށްދޭ މާހައުލެއް ވިޔަފާރިތަކަށް ގާއިމްކޮށްދެއްވުން
ކަމަށާއި  ކުންފުންޏާއި ބެހޭ ގާނޫނުގެ 80 އިން
ސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.



މި އިސްލާހުތަކުގެ
ސަބަބުން ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ޒަމާނީ ކުރުމަށްޓަކައި ގެނެވޭ
މުހިންމު ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން ކުންފުނިތަކަށް މިނިސްޓަރު ރޭ
ވަނީ ދެއްވާފައެވެ.



މީގެ އިތުރުން
މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިހާރު އެންމެ މުހިންމުކަމެއް ދެއްވާ އެއް މަޝްރޫއު
ކަމަށްވާ ބްރިޖްގެ މަސައްކަތުގެ ކޮންްޓްރެކްގައި ގާތްގަޑަކަށް ދިހަ ދުވަސް
ތެރޭގައި ސޮއިކުރެވިގެންދާނެކަމަށެވެ. އަދި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް
އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްފެށުމަށްޓަކައި ހަމަޖައްސާ ލޯނު
ގާތްގަޑަކަށް ދެ ތިންމަސްދުވަހުގެ ތެރޭގައި ހަމަޖެހި މަސައްކަތް
ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ރެއިންބޯ އެންޓަޕްރައިސަސް
އަށް 25 އަހަރު ފުރުމުގެ ރިހިޔޫބީލް  ކުލަގަދަ
ރަސްމިއްޔާތުގައި ވަނީ ރެއިންބޯ އެންޓަޕްރައިސަސްގެ ލޯކަލް އަދި އިންޓަނޭޝަނަލް ބިޒިނަސް
ޕާޓްނަރުންނަށް އެވޯޑް ދީފައެވެ.  އަދި ކުންފުންޏަށް
ގިނަދުވަހު ހިދުމަތްކޮށްދެއްވި މުވައްޒަފުންނަށް ވެސް ވަނީ ހަނދާނީ ފިލާ ދީފައެވެ.