ގއ.ވިލިނގިލީ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. ވިލިނގިލީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި ނިޔާވެފައިވަނީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި ނިޔާވި މީހާއަކީ ކޯވިޑް ދެއްވަދޫ ކްލަސްޓަރއިން ޕޮޒިޓިވްވި ދެއްވަދޫ މީހެކެވެ. މިއީ ރާއްޖޭގެ ރަށެއްގައި ކޯވިޑް ޖެހިގެން ނިޔާވި ފުރަތަމަ މީހާއެވެ.
ގއ. ވިލިނގިލީގައި މިހާރު ކޯވިޑްގެ އެއްވެސް ބަލިމީހަކު ނެތް ކަމަށާއި އަދި ކަރަންޓީންގައިވެސް އެއްވެސް މީހަކު ނެތް ކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއްވައެވެ.
ވިލިނގިލީައި ނިޔާވި މިމީހާއާއެކު ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 56 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި، 8 ބިދޭސީންނެވެ.