ޚަބަރު

މާމެންދޫގައި ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކު މަރުވެއްޖެ


މާމެންދޫގައި ހިންގި ގްރޫޕް މާރާ މާރީއެއްގައި ޒަޚަމްވި ކުޑަކުއްޖަކު ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި ގއ.މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ މަޢުލޫމާތު ލިބިގެން މިރޭ 10:10ހާއިރު ފުލުހުން އެކަން ބެލުމުގައި ހަރަކާތްތެރިވެފައިވާކަމަށެވެ. މިމަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ދެ މީހަކަށް ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމު ދިޔަކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މި މާރާމާރީ އާއި ގުޅިގެން މަރުވެފައިވަނީ ޢުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށާއި، އެ ކުއްޖާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވެއެވެ.