ސިއްހަތު

ކަރިޓަސް އިޓާލިއާނާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި


އިޓަލީގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ކަރިޓަސް އިޓާލިއާނާ" އާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގުނު މަޝްރޫއުތަކުގެ ކާމިޔާބީއަށް ބިނާކޮށް މުއްދަތު އިތުރުކުރުމުގެ ގޮތުން އެޖަމިއްޔާއާއެކު ދިވެހި ސަރުކާރުން އަލުން ސޮއިކޮށްފިއެވެ.މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމައެވެ.ކަރިޓަސް އިޓާލިއާނާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޖަމިއްޔާގެ ރީޖަނަލް ކޯޑިނޭޓަރ ބެއްޕޭ ޕެޑްްރޯންއެވެ.މި އެއްބަސްވުމުގެ ދަށުން މުއްދަތު އިތުރުކޮށްފައިވަނީ 30 ޖޫން 2017 ވަނައަހަރަށް ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް ވިދާޅުވ،ީ މި އެގްރިމެންޓްގެ ދަށުން ދިވެހި ރައްޔިތުންނަށް އެދެވޭ ހިދުމަތް ތަކެއް ލިބިގެންދާނެކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ކަރިޓަސް އިޓާލިއާނާ ގުޅިގެން ހިންގުނު ފާހަގަކޮށްލެވޭ މަޝްރޫޢުތަކުގެ ތެރޭގައި 2013 ވަނަ އަހަަރު ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި އިންޓެންސިވް ކެއާރ ޔުނިޓެއް ގާއިމްކުރުން ހިމެނެއެވެ.މާލޭގައި ދަމަނަވެށި ގާއިމްކޮށް، މިއެއްބަސްވުމުގެ ދަށުން ވަނީ އެތަނުގައި ހިދުމަތްދޭން ފަށާފައެވެ.މީގެ އިތުރުން މިއަހަރު ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެޓަރނިޓީ ވެއިންޓިންގ ހޯމަކާއި، ހުޅުމާލޭގައި ހާފްވޭ ހައުސް އެއްވެސް އެޖަމިއްޔާގެ އެހީއާއެކު ވަނީ ޤާއިމުކޮށްފައިވެއެވެ.މި މަޝްރޫއުގެ ދަށުން މާބަނޑު މީހުންނާއި އަންހެނުންގެ ޙާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ތަމްރީން ކުރެވިފައިވާކަމަށް  ހެލްތް މިނިސްޓަރ ވިދާޅުވެފައިވޭ.ދެ ބަޔޯ މެޑިކަލް އިންޖީނިއަރުންވެސް ތަމްރީން ކުރަމުުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރިއަށްދާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ