ޚަބަރު

އެން.ޑީ.ސީ.ސީއަށް ނައިބުން އައްޔަންކުރެވޭ ޤާނޫނު އިސްލާހުކޮށްފި.


ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލު އެން.ޑީ.ސީ.ސީއަށް މިނިސްޓަރުންގެ ބަދަލުގައި މިނިސްޓަރުންގެ ނައިބުންނާއި، ސްޓޭޓް މިނިސްޓަރުން އައްޔަންކުރެވޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށްފިއެވެ. 

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަދައުރުގެ 6 ވަނަ  ޖަލްސާގައި ،ވިލިނގިލި  ދާއިރާގެ  މެންބަރު  ސައުދު  ޙުސައިން ހުށަހަޅުއްވާފަ އިވާ، މިއިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވީ  48 މެންބަރުންގެ އިއްތިފާގުންނެވެ. 13 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގައިވާ ގޮތުން ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ، ކޮންމެ ވުޒާރާއަކުން ވަޒީރެއް އެކައުންސިލަށް އައްޔަންކުރަންޖެއެވެ. ނަމަވެސް ޤާނޫނަށް މިއަދު ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވައިފިނަމަ، އެކައުންސިލަށް މިނިސްޓަރުންގެ ބަދަލުގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އައްޔަންކުރެވޭނެއެވެ.