ސިއްހަތު

2016 ވަނަ އަހަރުވެސް 50 އެންބިއުލާންސް ގެންނަނީ


މިއަންނަ އަހަރު 50 އެމްބިއުލާންސްގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްްޖެއެވެ.ހެލްތް މިނިސްޓަރ މިހެން ވިދާޅުވީ ސިއްޙީ ހިދުމަތްދޭ ތަންތަން އާބާތުރަ ފިލުވުމުގެ މަޝްރޫއުގެ ދަށުން  4 ރަށެއްގެ ޕްރޮޖެކްޓެއްގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ.މިނިސްޓަރ ވިދާޅުވީ މި 50 އެމްބިއުލާންސް ގެނައުމަށްޓަކައި މިއަންނަ އަހަރުގެ ބަޖެޓްގައި ޖަހަފައިވާކަމަށެވެ.ޑަބްލިއު އެޗްއޯގައި އެދިގެން އިތުރު 3 އެންބިއުލާންސެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.ސިއްހީ ހިދުމަތް ދިނުމަށް ބޭނުން ކުރަމުންދާ އެންބިއުލާންސްތައް މަރާމާތު ނުކުރެވޭވަރަށް ހަލާކުވެ، އަދި މި ހިދުމަތް ނުފެށި ހުރި ރަށްތަކުގައި މި ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ އެންބިއުލާންސްތައް  ހޯދުމަށް އެސްޓިއޯ އާއި ހަވާލުކޮށްގެން ގެނައި 53 އެންބިއުލާންސް  ގެ ތެރެއިން މިހާރު ހަވާލު ނުކުރެވި ހުރި އެންބިއުލާންސް މިމަސް ނިމުމުގެ ކުރިން ހަވާލު ކުރެވި ހިދުމަތް ދެވޭނެކަމަށް ވެސް ހެލްތް މިނިސްޓަަރ އިރުތިޝާމް ވިދާޅުވިއެވެ.މި އެންމިއުލާންސް ގެނައުމުގެ ޕްރޮޖެކްޓަށް ތިރީސް ހަތަރު މިލިޔަނަށްވުރެއް ގިނަ ރުފިޔާ ހަރަދު ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެއްގަމުގައި ދުއްވާ އެންބިއުލާންސްގެ އިތުރުން ކަނޑުގައި ދުއްވާ ސީ އެންބިއުލާންސްގެ ހިދުމަތަށް މިހާތަނަށް 21 ލޯންޗެއް ސީ އެންބިއުލާސްއަށް ބަދަލު ކުރެވި ހިދުމަތަށް ނެރެފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ