ޚަބަރު

ޓެރަރިޒަމް މަނާކުރުމުގެ ބިލު އަނބުރާ ކޮމިޓީއަށް!


ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ބިލު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ އެކަމަށް ނެގި ވޯޓްގައި ބައިވެރިވި 55 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. ކޮމިޓީން ނިންމާފައިވާ ރިޕޯޓަށް ބަހުސްކުރެއްވި މެމްބަރުން ވަނީ ވަނީ މިބިލު ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް ގޮވާލާފައެވެ. ސަރުކާރުން ޓެރަރިޒަމްގެ ބިލު ހުށަހަޅާފައިވަނީ، ބައިނަލްއަގްވާމީ މިންގަނޑުތަކާއި ޒަމާނާ އެއްގޮތްވާ ގޮތުގެ މަތިން ޓްރަރިޒަމްގެ އަމަލުތައް މަނާކުރުމާއި ކުށްވެރިކުރުމާއި އަދި އެފަދަ އަމަލުތައް ހުއްޓުވުމުގެ ގޮތުން ޚާއްސަ އިޖުރާއަތްތަކެއް ކަނޑައެޅުމަށެވެ.