ޚަބަރު

ކުރީގެ ރައީސް ޑރ ވަހީދުގެ ބައްޕާފުޅު އަވަހާރަވެއްޖެ


ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަން މަނިކު) އަވަހާރަވެއްޖެއެވެ.

ހަސަން މަނިކު އަވަހާރަވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައިއެވެ. އުމުރުން 92 އަހަރުގެ ހަސަން މަނިކު އާލާސްކަންފުޅު ބޮޑުވެ ހޮސްޕިޓަލްގައި އެޑިމްޓްކޮށް ފަރުވާދެމުން އަންނަތާ ދުވަސްކޮޅެއްވަނީ ވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ބައްޕާފުޅަކީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދައުލަތުގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 50 އަށްވުރެ ގިނަ އަހަރު ދައުލަތަށް ޚިދުމަތް ކުރުމުގައި ހަސަން މަނިކު ހޭދަކުރައްވާފައިވަކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ހަސަން އިބްރާހިމް މަނިކު ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އައު ސަހަރާގައެވެ.