ކުޅިވަރު

ޓޮރޮންޓޯ ރެޕްޓަރސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް ރެޕްޓަރސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި ޓޮރޮންޓޯ ރެޕްޓަރސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް ރެޕްޓަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ރެޕްޓަރސް ކާމިޔާބުކުރީ 123 ޕޮއިންޓް 117 ޕޮއިންޓުންނެވެ.

މިމެޗްގައި ރެޕްޓަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދާދިން ކައިލް ލޯރީއެވެ. އަދި ނޯމަން ޕަވެލް ވަނީ އެޓީމަށް 18 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ނެޓްސްއަަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދާދިން ޖޯ ހެރިސް އެވެ. މިމެޗްގެ ތިންވަނަ ކްއާޓަރގައި ނެޓްސްގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ކެވިން ޑުރާންޓް ސިއްހީ ސަބަބު ތަކަށް ޓަކައި ކަމަށް ބުނެ ކޯޓުން ގެންދެވުނެވެ.

މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޖިއާނިސް އެންޓެޓޮކޮއުންޕޯއެވެ. އޭނާވަނީ 33 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. ކެވެލިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދާދިން ކޮލިން ސެކްސްޓަންއެވެ. މީގެއިތުރުން ޔޫޓާ ޖޭޒް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 138 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔަބުކުރީ ޖޭޒްއެވެ.