ޚަބަރު

ކޯވިޑް-19 : ދިއްދޫން ހޯމްކަރަންޓީނުގައި ތިބި ދެ މީހަކު ޕޮޒިޓިވް


ހއ. ދިއްދޫން ހޯމްކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާސިމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުން މިހާރު ވަނީ ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށްވެސް ހާސިމް ވަނީ ވިދާޅުވެފައެވެ.

ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ ރައްޔިތުން ކިބައިން އެދިފައެވެ.

ޖެނުއަރީ މަހުވެސް ދިއްދޫން ހޯމްކަރަންޓީނުގައި ތިބި ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.