ދީން

17 މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ


ސަރުކާރުގެ ބަޖެޓުން
ޚަރަދުކުރައްވައިގެން މިހާރު ސަތާރަ މިސްކިތެއް އިމާާރާތްކުރުމުގެ މަސައްކަތް
ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ހާމަކުރައްވައިފި އެވެ.





މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން 9 މިސްކިތެއްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިއަހަރުގެ މިހާތަނަށް
5 މިސްކިތެއް ނިމި ބޭނުންކުރަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދީފައި ވެއެވެ.  ސަރުކާރުގެ ބަޖެޓުން
ޚަރަދުކުރައްވައިގެން މަސައްކަތް ކުރިއަށް ގެންދާ 17 މިސްކިތް އިމާާރާތްކުރުމަށް
އަށްޑިހަ ހަތް މިލިއަން ( 87،158،891.46) ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އިސްލާމިކް
މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެ އެވެ. 

މީގެ އިތުރުން ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި 10 މިސްކިތެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު މީގެ ތެރެއިން 8 ރަށެއްގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި 2 ރަށެއްގެ މިސްކިތެއްގެ މަސައްކަތް އަންނަ
އަހަރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިމަޝްރޫޢަށް 70 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވާފަ.

 ސައުދީ އަރަބިއްޔާގެ ހިލޭ އެހީގައި އަށާވީސް މިލިއަން ( 28،819،952.72 ) ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން  6 މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރަމުން
ދާ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފައެވެ.

 އިސްލާމިމް މިނިސްޓްރީން ވިދާޅުވީ، ހެޔޮއެދޭ އަމިއްލަ ފަރާތެއްގެ
އެހީގައި 6 މިސްކިތެއް އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.