ޚަބަރު

ދިވެހި އަނބުގެ އާ އުފެއްދުންތަކެއް ނެރުމަށް ހިންގާ މަޝްރޫޢު


ރާއްޖޭގައި ހައްދާ އަނބު ޕްރޮސެސްކޮށް އަނބުން ތަފާތު ވެލިއު އެޑެޑް ޕްރޮޑަކްޓް އުފެއްދުމުގެ މަޝްރޫޢެއް ޏ.ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ ޗައިނާ ސަރުކާރުގެ އެހީ ލިބިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ''ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސާރޗް އިން ދަ މޯލްޑިވްސް'' މަޝްރޫޢުގެ ''ވެލިއު އެޑިޝަން އޮފް އެގްރިކަލްޗަރ ޕްރޮޑިއުސް'' ކޮމްޕޯނަންޓްގެ ދަށުން ހިންގާ މި މަޝްރޫއަކީ ރާއްޖޭގައި އުފައްދާ އަނބަށް މާކެޓް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގްރިކަލްޗަރ މިނިސްޓްރީން މިހާރު ވަނީ މި މަޝްރޫއުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ފަރާތްތަކާއި، ޖަމްޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުނިތަކަށް މި މަހުގެ ފަންސަވީސް ވަނަ ދުވަހާއި ހަމައަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައެވެ.