ކުޅިވަރު

އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށްފި


މިއަހަރުގެ އޭއެފްސީކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗްތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭއެފްސީން ނިންމައިފިއެވެ.
އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއޭފްސީއިން މިގޮތަށް ނިންމާފައިވަނީ ކޮވިޑް19ގެ ހަލާތުން އަދިވެސް ގައުމްތަކަށް އަރައިގަނެވިފައިނުވާތީއެވެ.

އޭއެފްސީ ޗެންޕިއަންސްލީގްގެ މެޗްތައްވެސް ކުރިއަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސެންޓްރަލައިޒްކޮށްގެންނެވެ. މިގޮތަށް މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މެޗްތައް ކުޅޭނެ ދަނޑު ނިންމާނީ މާދަމާ ބާއްްވާ އޭއެފްސީ ކަޕާއި އޭއެފްސީ ޗެންޕިއަންސް ލީގްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައިވެ. ކޮވިޑް19ގެ ސަބަބުން އޭއެފްސީކަޕް ދެ ފަހަރެއްގެ މަތިން އެކި ތާރީޚުތަކުގައި ބާއްވަން މަސައްކަތް ކުރިއެވެ. ފަހުން އޭއެފްސީއިން ނިންމީ ގުރޫޕް ސްޓޭޖްގެ މެޗްތަށް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ގުރޫޕް ސްޓޭޖްގެ މެޗްތައް ކުޅުމަށެވެ. ނަމަވެސް ބައެއް ގުރޫޕްގެ މެޗްތައް ކުރިއަށް ނުގެންދެވުމުގެ ސަބަބުން އޭއެފްސީއިން ފަހުން މުބާރާތް ކެންސަލް ކުރިއެވެ.

މިއަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި ރާއްޖެއިން ވާދަކުރަނީ މިދިޔަ އަހަރުގެ ލީގް ޗެންޕިއަން މާޒިޔާއެވެ. މާޒިޔާއާއެކު މިގުރޫޕްގައި ދެން ހިމެނެނީ އިންޑިޔާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއެވެ. މިގުރޫޕްގެ ފަހު ގާޖަ ކަށަވަރުވާނީ ކޮލިފައިން ބުރުން މޮޅުވާ ޓީމެކެވެ. ކޮލިފައިން ބުރުގައި ވާދަކުރަނީ ރާއްޖޭގެ ކުލަބް އީގަލްސްއާއި އިންޑިޔާގެ ބެންގަލޫރް އެފްސީ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ނޭޕާލްގެ އާމީ ކުލަބްގެ އިތުރުން ސްރީލަންކާގެ ޕޮލިސް ކުލަބް އަދި ބޫޓާންގެ ތިންޕޫ ސިޓީއެވެ. ކޮލިފައިން ބުރުގެ މެޗްތަށް އޭޕްރީލް މަހަށް، ތާވަލްކޮށްފައިވާއިރު، އޭއެފްސީއިން މިފަހަރު ނިންމާފައިވަނީ ދެ ލެގްގެ ބަދަލްގައި އެންމެ މެޗެއް ކުޅުމަށެވެ.

އޭއެފްސީކަޕްގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުއެވެ.