ހުޅުމާލެއިން ހދ.ހަނިމާދޫއަށް ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި ރޯވެ އަޑިޔަށްގޮސްފިއެވެ. އެމްއެންޑީއެފްއިން ހާމަކުރައްވާ ގޮތުގައި މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވެއެވެ.
ރޯވެފައިވަނީ "ނައުޓިލަސް ވަން" ނަމަކަށް ކިޔާ ސަފާރީއެއްގައެވެ. ކ. ކާށިދޫއާއި 13 ނޯޓިކަލް މޭލު ދުރުން ދަތުރުކުރަމުންދިޔަ ސަފާރީން ދަތުރުކޮށްފައިވަނީ 5 ދިވެހިންނާއި ބިދޭސީއެއް ކަމަށާއި މިއެންމެންނަކީވެސް ސަފާރީގެ ފަޅުވެރިން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.
އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި ސަފާރީގެ ޑައިވިންގ ދޯނި "އަރާކުރި"ގައި އެމީހުން ބ. ދަރަވަންދޫއަށް މިވަގުތު ދަނީ ދަތުރުކުރަމުންނެވެ. އަދި ދިވެހިންނާއި ބިދޭސީ މީހާގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ސަފާރީގައި ރޯވި ޙާދިސާގެ ރިޕޯޓު ލިބިފައިވަނީ ދަންވަރު 3:39 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން ދަނިކޮށް ސަފާރީ ވަނީ 6:44 ހާއިރު އަޑިޔަށްގޮސްފައެވެ.
ސަރީފު
އެސަފާރީގައިއަލިފާންރޯވިގޮތްތަހުގުކުރާންފެނޭ