ޚަބަރު

ކޯވިޑް-19 : އިތުރު މީހަކު ނިޔާވެ، ނިޔާވި މީހުންގެ އަދަދު 51އަށް


ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 51 ވަނަ މީހާއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ޢުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ބަދަލުކޮށް ހެދި ޓެސްޓުންނެވެ.

ރާއްޖެއިން އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެއީ ޢުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 14،885 މީހުންނަށެވެ. އަދި މިވަގުތު 1،015 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 77 މީހުންނަށެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 13،813 މީހުންނެވެ.