ވިޔަފާރި

ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކޮށްފި


ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތަކަށް އަނެއްކާވެސް ބަދަލުގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދަޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަކީ މިހާރު ފަތިހު 4:30އިން މެންދަމު 1:00އަށް ކަމަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

މީގެކުރިން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތެއްކަމަށް ކަނޑައަޅާފައިވަނީ ފަތިހު 4:30އިން ރޭގަނޑު 11:30އަށެވެ.