ޚަބަރު

ހދ ކުމުންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި


ހދ ކުމުންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކުމުންދޫ ކައުންސިލުން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އިއްޔެކަމަށެވެ. ކުމުންދޫގެ ގޭގެއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއައެވެ.

މިދިޔަ ނޮވެމްބަރުމަހު 102 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުން ނިންމާގޮތަށެވެ.

މިމަސްރޫއު ނިމޭއިރު އެރަށުގައި އާރޯ ޕްލާންޓް އެއް ގާއިމްކުރެވިގެންދާނެއެވެ. އަދި ފެނާ ނަރުދަމާގެ ހިދުމަތް ހުރިހާ ގޭގެއަށް ލިބިގެންދާނެއެވެ.

ހދ ކުމުންދޫގައި 2000 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާއިރު މީހުން ދިރިއުޅޭ 256 ގެ ހުރެއެވެ.