ޚަބަރު

ޖެޓްސްކީގައި ގެއްލުނު ދެ ދިވެހިން އޮޔާ ދަނިކޮށް ފެނިއްޖެ


ފުށިފަރު ރިސޯޓުން ޖެޓްސްކީގައި ފުރި ދެ ދިވެހިން އޮޔާ ދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ދެމީހުންނާއި ޖެޓްސްކީ ފެނިފައިވަނީ މިރޭ 20:45 ހާއިރު ޅ.އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓު ކައިރިން ކަމަށެވެ. މިދެމީހުން ފެނިފައިވަނީ ކުރެއްދޫ ރިސޯޓުގެ ލޯންޗަކަށް ކަމަށާއި، ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މިހާރު މިދެމީހުން ކުރެއްދޫ ރިސޯޓަށް ވަނީ ގެންގޮސްފައެވެ. ދެމީހުން ދަތުރުކުރި ޖެޓްސްކީގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް އެދެމީހުން މައުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.