ރިޕޯޓް

އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް 2 ހަފްތާތެރޭގައި ނިމޭނެ - އާދިލް


އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެހަފްތާ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީން ބުނެފި އެވެ.ޕީ.އެސް.އެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އެއަރޕޯޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ އެތަނުގެ ފިނިޝިންގ މަސައްކަތް ކަމަށެވެ. އަދި މާގިނަދުވަސްތަކެއް ނުވެ އެމަސައްކަތްވެސް ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ.އާދިލް ވިދާޅުވީ ކުރިއަށްއޮތީ ޔޫރަޕްގެ ޤައުމުތަކަށް ފިނިމޫސުންކަމަށް ވާތީ އަހަރުގެ ފަހުކޮޅު އާދައިގެމަތިން އެއަރޕޯޓަށް ބާރުބޮޑުވާނެކަމަށެވެ. އަދި ކުރިން އަހަރުތަކުގައި އެއަރޕޯޓްގައި ޖައްސާ ޕްރައިވެޓް ޖެޓް އެއަރކްރާފްޓްތަކަށް އެކަށީގެންވާވަރަށް ޕާކް ކުރެވޭނެ ޖާގަ ފޯރުކޮށް ނުދެވުނު ނަމަވެސް މިއަހަރުގެ ޕީކް ސީޒަން ފެށެންވާއިރަށް އެއަރޕޯޓް އޭޕްރަންގެ މަސައްކަތް ނިމި ބޭނުންކުރެވެން ފެށުމުން އެމައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ."އެއަރޕޯޓް ނޯތް އޭޕްރަންގެ ނިމިފައި ހުރި ބައި މިހާރުވެސް ދަނީ ޖެޓް އެއަރކްރާފްޓް ޕާކް ކުރުމަށް ބޭނުން ކުރެވެމުން. އެންމެ ލަސްވެގެން އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ" - އާދިލް ވިދާޅުވިއެވެ. އަލަށް ހަދާ އޭޕްރަންގައި އެކަނިވެސް 25 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓް ޕާރކް ކުރެވޭނެ ޖާގަ ހުންނާނެކަމަށް އެމް.އޭ.ސީ.އެލް އިން މައުލޫމާތުދެއެވެ. މީގެ އިތުރުން އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް، ގްރައުންޑް ހޭންޑްލިންގ އިކުއިޕްމެންޓްގެ ފެންވަރު ރަނގަޅުކުރެއްވުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތް ނިމުމުން ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެގެންދާނެކަމަށް އާދިލް މޫސާ ވިދާޅުވިއެވެ."މިހާރުވެސް 100 މިލިއަން ރުފިޔާގެ ތަކެތި ވަނީ އޯޑަރ ކުރެވިފަ. މިއަހަރުގެ ފަހުކޮޅު މިތަކެތި ލިބޭނެ." - އާދިލް ވިދާޅުވިއެވެ. މިއަހަރުގެ ޕީކް ސީޒަން އަށް ތައްޔާރުވުމުގެ ގޮތުން، ޕަސިންޖަރުން ގިނަވަގުތު ކިއުގައި މަޑުކުރަން ނުޖެހޭފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން އެމް.އޭ.ސީ.އެލް އިން ވަނީ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޗެކިން ކައުންޓަރތައް އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ."މިހާރުވެސް 100 މިލިއަން ރުފިޔާގެ ތަކެތި ވަނީ އޯޑަރ ކުރެވިފަ. މިއަހަރުގެ ފަހުކޮޅު މިތަކެތި ލިބޭނެ." - އާދިލް ވިދާޅުވިއެވެ. އެއަރކްރާފްޓް ޕާކިންގ ސްޕޭސް ބޮޑު ކުރުމުގެ މަޝްރޫއާ ގްރައުންޑް އޮޕަރޭޝަންސް އިތުރަށް ހަރުދަނާ ކުރުމަކީ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއެކެވެ. އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ އެންމެ މުހިންމު ކޮންޕޮނެންޓްތައްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެމް.އޭ.ސީ.އެލް އިން މައުލޫމާތުދެއެވެ. ރާއްޖޭގެ މައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރު، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ ސަރުކާރުގެ މުހިންމު ވައުދެކެވެ.