ހުޅުމާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން 21 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 2 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު ހެނދުނު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން ވަނީ ނިއްވާލާފައެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ފްލެޓުގެ 2 ވަނަ ފަންގިފިލާގެ 3 ވަނަ އެޕާޓްމަންޓުގައެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން ދުމާއި، ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން 04 އެޕާޓްމަންޓެއްގެ 21 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
...މިއަދު ހިނގި އަލިފާނުގެ ހާދިސާގެ އަދާހަމަ:
— NDMA Maldives (@NDMAmv) July 13, 2025
މިހާދިސާގެ ސަބަބުން ދުމާއި، ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން 04 އެޕާޓްމަންޓެއްގެ 21 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިދަނީ ކުރަމުން
އެމްއެންޑީއެފްއިން ވިދާޅުވީ، 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ.
އަލިފާން ރޯވަން ދިމާވި ސަބަބު އަދި އެނގިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.