 
										
			ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ. 
ބޯޑުގެ މެންބަރުކަމުގެ މަޤާމަށް 6 ބޭފުޅަކު ވަނީ އައްޔަންކުރައްވާފައެވެ.
		
			މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ އާމިނަތު ޤާސިމެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 20 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު އެހޮސްޕިޓަލް އަބަދުވެސް ފާހަގަ ކުރެވިގެން ގޮސްފައިވަނީ މާލެއިން އުތުރުން އެންމެ ގިނަބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލްގެ ގޮތުގައެވެ. ޚާއްސަކޮށް ބޮޑުތިލަދުންމަތީގެ ބޮޑު އާބާދީއެއް ޚިދުމަތް ހޯދަމުންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ.