ޚަބަރު

ވިލިމާލޭ ބޭންކުން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި


ވިލިމާލޭގައި ހުންނަ ބޭންކް ފަޅާލައި ވައްކަންކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ބަޔަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ވިލިމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމީހުން އަތުލައިގެންފައިވަނީ ތަންތަން ހަލާކުކޮށްލައިގެން ވަންނަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއެކު ރޭ މެންދަމުގެ ވަގުތެއްގައި ބޭންކް ހިންގާ އިމަރާތް ކައިރިންކަމަށް ފުލުހުން ބުނެއެވެ.މި މައްސަަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި މި ދެ މީހުންނަކީވެސް މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް  އޮންނަ ދެ މީހުންކަމަށް ފުލުހުން ބުނެއެވެ.މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.