ވިޔަފާރި

އެމް.ޑަބް.ލިޔު.އެސްސީގެ އައު ލޯގޯ އިފްތިތާޙުކޮށްފި


އެމް.ޑަބް.ލިޔު.އެސް.ސީ.އަށް 25 އަހަރު ފުރުމާ ގުޅިގެން ކުންފުނީގެ އައު ލޯގޯ އިފްތިތާޙްކޮށްފިއެވެ.

ލޯގޯ އިފްތިތާޙުކޮށްދެއްވާފައިވަނީ، މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ކުންފުނީގެ ޗެއާމަން އަލްފާޟިލް އަހުމަދު މައުސޫމު އާއި، މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުއެވެ.

އެމް.ޑަބް.ލިޔު.އެސް.ސީން ބުނީ ޒަމާނަށް އައި ބަދަލުތަކާއެކު، ކުންފުނީގެ ޚިދުމަތްތައް ފުޅާވެ، އިތުރު ދާއިރާ ތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފައިތިލަ ސާބިތުކޮށް ކުރިއަރައިގެން ގޮސްފައިވާ މިންވަރު ރަމްޒުކޮށްދިނުމުގެ ގޮތުން، އައު ލޯގޯގައި ވަނީ ކުރީގެ ލޯގޯގައިވާ ކުލަތަކާއި ޓައިޕޯގްރަފީ ޒަމާނީ ކުރެވިފައެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން، މިއަދު އެމް.ޑަބް.ލިޔު.އެސް.ސީ. އަކީ ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ޓްރޭޑިންގ ދާއިރާއިންވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.