ކުޅިވަރު

3ވަނަ ޑިވިޝަން އަދި ޒޯން 9އެއްގެ ވޯޓްލުމުގެ ހައްގު އާރްއެލްސީއަށް


އެފްއޭއެމް އިންތިޚާބުގައި ތިން ވަނަ ޑިވިޝަން އަދި ޒޯން ނުވަޔަކުން ވޯޓްލާ ކްލަބަކަށް ރެޑްލައިން ކުލަބް ހަމަޖެހިއްޖެއެވެ. އެފްއޭއެމް ހައުސްގައި ރޭ ބޭއްވި ތިން ވަނަ ޑިވިޝަން އަދި ޒޯން ނުވައެއްގެ ޕްރައިމަރީގައި އާރްއެލްސީ ވާދަކޮށްފައިވަނީ ކްލަބު ޕީކޭއެވެ. ޒޯން ނުވައެއްގެ ބާރަ ކްލަބުގެ ތެރެއިން ރޭ ބޭއްވި ޕްރައިމެރީއަށް ހާޒިރުވި ދިހަ ކްލަބްއެވެ. މިދިހަ ކުލަބްގެ މެދުގައި ނެގި ސިއްރު ވޯޓްގައި އާރްއެލްސީ ހޮވުނީ ހަތް ވޯޓް ލިބިގެންނެވެ. ކްލަބު ޕީކޭއަށް ލިބިފައިވަނީ ތިން ވޯޓްއެވެ.ރޭ އެފްއޭއެމް ހައުސްގައި ބޭއްވި ޕްރައިމެރީގައި ހަތަރު ކްލަބަކުން ކުރިމަތިލާފައިވާއިރު ވޯޓާހަމަޔަށް ދިއުމުގެ ކުރިން ކުޑަ ހެންވޭރާއި ކްލަބު ގާމަގު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިޚާބުގައި އެއިދާރާގެ ރައީސް ކަމަށް ކުރިމަތި ލެއްވީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު އެކަންޏެވެ.