ކުޅިވަރު

އުތުރު އަތޮޅުތަކުގެ ބައިގެ ޗެމްޕިއަންކަން އިހަވަންދޫ ޓީމަށް


ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ކޮލިފިކޭޝަންގެ އުތުރު އަތޮޅުތަކަށް
ކުރިއަށްގެންދިޔަ ބައިގެ ޗެންޕިއަންކަން އިހަވަންދޫ ކުލަބް ޕޯލް ސްޓާރ ހޯދައިފި.

 

 ހއ.ބާރަށުގައި މިއަދު ކުޅުނު ފައިނަލް
މެޗް އިހަވަންދޫ ޕޯލް ސްޓާރ ކާމިޔާބުކުރީ ދިއްދޫ ޓީނޭޗް ބޯއީސް ސްޕޯޓްސް ކުލަބްއާ ވާދަކޮށް
ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ސެޓްތަށް އިހަވަންދޫ ކުލަބް
ޕޯލް ސްޓާރ ގެންދިޔައީ25-22، 25-14 އަދި 25-23ހުންނެވެ.

 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިހަވަންދޫ
ކުލަބް ޕޯލް ސްޓާރގެ އާމިނަތު އަހުމަދުއެވެ. މިމުބާރާތުގެ ޑްރީމް ޓީމަކީ އިހަވަންދޫ
ކުލަބް ޕޯލް ސްޓާރގެ ފާތިމަތު ތަހޫރާ، ލީލާ ހާމިދު، އާމިނަތު އަހުމަދު، ޝަރީފާ މުހައްމަދު،
ދިއްދޫ ޓީމްގެ އައިޝަތު މާޖިދާ، މުރައިދޫ ޓީމްގެ އައިޝަތު ޝިފާނާއެވެ. މިޓީމްގެ ލިބަރޯއަކީ
އިހަވަންދޫ ޓީމްގެ ނާޒިމާ އަބްދުލް ވާހިދުއެވެ. މިކޮލިފިކޭޝަންގެ އެންމެ މޮޅު ކޯޗްއަކީ
ދިއްދޫ ޓީމްގެ އިބްރާހީމް ޖަލީލްއެވެ.

 

 

















މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިހަވަންދޫ
ޓީމްގެ ފާތިމަތު ތަހޫރާއެވެ. ނަވާރަ އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ
ދިއްދޫ ޓީމްގެ އައިޝަތު އިބާދުއެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް
ހޮވިފައިވަނީ މުރައިދޫ ޓީމްގެ ޝަމީނަތު ހުސެއިންއެވެ.