ކުޅިވަރު

އެކުވެނި ޓްރެކްގައި ބައިނަލަގްވާމީ މުބާރާތެއް ބާއްވަނީ - މިނިސްޓަރ މަހުލޫފް


ފުރުސަތު ލިބުނުހާއަވަހަކަށް އެކުވެނި ސިންތަޓިކް ޓްރެކްގައި ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވޭނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މާލޭގައި ފުރަތަމަ ފަހަރަށް އެޅި ސިންތަޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މިއީ އެތުލީޓުންނަށާއި އާންމު ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަށެވެ. މަލްޓިސްޕޯޓްސް ގޭމްސްއަކުން ރާއްޖެއަށް އެންމެ ފުރަތަމަ ރަން މެޑަލްއެއް ހޯދާދީފައިވަނީވެސް އެތްލެޓިކްސްއިންނެވެ. އެއީ 2015ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުގައި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދި ރަންމެޑަލްއެވެ. އަދިއޭގެ ފަހުން 2019ވަނައަހަރުގެ ސައުތް އޭޝިއަން ގޭމްސްގައިވެސް ހަސަން ސާއިދުވަނީ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައެވެ. ކޮވިޑްގެ ސަބަބުން މިހާރު ގައުމުތަކަށް ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވަރަށް ވަރުގަދަ ކުރެވިފައިވާއިރު، ގިނަ ގައުމުތަކަށްގޮސް ކަރަންޓީނު ވާންވެސް ޖެހެއެވެ. ސިންތަޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހުފޫލް ވިޅާދުވީ ފުރުސަތު ލިބުނުހާ އަވަހަކަށް މިޓްރެކްގައި ބައިނަލްގާވާމީ މުބާރާތެއް ބޭއްވޭނެކަމަށެވެ.

"އަޅުގަނޑަށް ކުރިން ވިސްނިފައިއޮތީ އަދި އިންޓަނޭޝަނަލް ޓްރެކްއެއް އެޅިކަމުގައި ވީނަމަވެސް، މިތަނުގައި އެހެން ބައެއް ފެސިލިޓީސްތަށް ނެތީމަ އެކަން ނުވާނެކަމަށް. ނަމަވެސް އެތްލެޓިކް އެސޯސިއޭޝަންއިން އަޅުގަނޑަށް މަޢުލުމާތު ދީފައިވަނީ މިތަނުގައި އިންޓަރނޭޝަނަލް މުބާރާތްތަށް ބޭއްވޭނެކަމަށް. އެހެންވީމަ ފުރުޞަތު ލިބުނުހާ އަވަހަކަށް، ނުވަތަ ރާއްޖެއަށް ލުއިފަސޭހަކޮށް މީހުން ދަތުރުކުރުމުގެ ފުރުސަތު ލިބުނުހާ އަވަހަކަށް އެކުވެނި ސިންތަޓިކް ޓްރެކްގައި ބައިނަލަގްވާމީ މުބާރާތެއް ބޭއްވޭނެ." މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.