ޚަބަރު

މަހްފޫޒް މައްސަލައިގައި ހޯދަމުންދިޔަ ރާއިދު ހައްޔަރުކޮށްފި


މާވެޔޮމަގުގައި
ހުންނަ "ވާދީ ފްރެޝް" ފިހާރަ ކައިރިން މަޙްފޫޒް ސަޢީދަށް ތޫނު
އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ
އަހުމަދު ރާއިދް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.  

އޭނާ ހައްޔަރުކުރުމަށްފަހު މިއަދު ކްރިމިނަލް
ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި
ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ
ކަމަށް ފުލުހުން ބުނެއެވެ. 

ސެޕްޓެމްބަރު 04
ވަނަ ދުވަހުގެ
ހަވީރުގެ ވަގުތެއްގައި މާވެޔޮމަގުގައި ހުންނަ "ވާދީ ފްރެޝް"
ފިހާރަ ކައިރިން
މަޙްފޫޒް ސަޢީދަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލާއާ
ގުޅިގެން ރ. އިނގުރައިދޫ،
ކަރަންކާގެ، ޙުސައިން ޝަފްރާޒް އިބްރާހީމް ހޯދުމަށްވެސް ފުލުހުން ދަނީ
މަސައްކަތްކުރަމުންނެވެ. އެގޮތުން
އޭނާ ހޯދުމަށް އިންޓަޕޯލް
މެދުވެރިކޮށް ރެޑް ނޯޓިސްވަނީ ނެރެފައެވެ.